އިންތިގާލީ ތަރުޖަމާނަކަށް އަލްއުސްތާޒް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް އައްޔަނު ކުރައްވައިފިއެވެ.

ފިރުޒުލް މިމަގާމަށް އައްޔަނު ކުރެއްވިކަން އިއުލާނު ކުރައްވައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފިރުޒުލް އަކީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވިއްޔާ ހާސިލް ކުރައްވައި، މިސްރުގެ ޖާމިޢަތުލް އަޒްހަރުން ޝަރީއާގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޒުވާން ބޭފުޅެކެވެ.

އަލްއުސްތާޒް ފިރުޒުލް އަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެކެވެ.

ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށް ދާ މިދަނޑިވަޅުގައި އެކަންކަން ކުރިއަށް ގެންދިޔުމަށް އެކުލަވައިލައިފައިވާ ކޮމިޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސައިފައިވަނީ ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހީމެވެ.