ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އިސްތިއުނާފް އަޑުއެހުން އަންނަ އާދީއްތަ ދުވަހު ބާއްވަން ހައިކޯޓުން ނިންމަވައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިިނުމާއި ގުޅުގިން ރިޝަވަތާއި މަނީ ލޯންޑްރިންގް ގެ ކުށުގައިި ޔާމީނަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ވަނީ 3 އަހަރުގެ ހުކުމެއް ކޮށްފައެވެ.

އެ މައްސަލަ އެބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށައެޅި މައްސަލާގެ އަޑުއެހުންތަށް ކުރިންވެސް ހައިކޯޓުންވަނީ ގެންގޮސްފައެވެ. މީގެ އިތުރު އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހައިކޯޓުން ވަނީ ނިންމަވާފައެވެ.

ޔާމީން މިވަގުތު ހުންނެވީ ކަރެކްޝަނަލް ސާރވިސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލު ކުރެވިފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޔާމީންއަށް ކުރިމަތި ނުލެވުނީ މި ޖަލުހުކުމުގެ ސަބަބުންނެވެ.