ސަރުކާރުގެ މަސައްކަތުގެ ސްޕީޑާ މެދު ހިންހަމަޖެހޭ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ

0

ޖުމްހޫރީ ޕާޓީން މިރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން، އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މަސައްކަތުގެ ސްޕީޑާމެދު ސުވާލު އުފައްދާނެ ތަނެއް ނެތްކަމަށާއި، މަސައްކަތްތައް ދަނީ ހިންހަމަޖެހޭ ވަރަށް ކަމަށް، ޖުމްހޫރީޕާތީގެ ލީޑަރ އަދި ރައްޔިތުންމަޖިލީހުގެ ނިމިދިޔަ ދައުރުގެ ރައީސް އަލްފާޟިލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މީހުންނަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ ކަންކަން ހިނގާގޮތް ނޭނގި ތިބެ ބަޔަކު މީހުން ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމުގެ އެއްވެސް ހަގީގަތެއް ނެތްކަމަށާއި، އެފަދަ ވާހަކަތައް ދައްކާމީހުން ދައްކަމުން ދަނީ ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.

Advertisements