އއ. ވެލިގަނޑު ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބުނީ އެ ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފަޔާ އެންޑް ރެސްކިއު ސާވިސް ހަރަކާތެރި ވަމުން އަންނަ ކަމަށާއި އަލިފާނުގެ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް އެނގުނީ މިއަދު މެންދުރު ފަހު 2:15 ގައި ކަމަށެވެ.

އަދި ރޯވި އަލިފާން އެ ރިސޯޓުގެ މުވައްޒަފުން ކޮންޓްރޯލް ކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔާ ލޯންޗު މިހާރު ދަނީ އެ ރިސޯޓަށް ދަތުރުކުރަމުންނެވެ.