މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހިމް (އަންމަޑޭ) އަށް ތުހުމަތުވާ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެކްސް.ކޮމްގައި މަރިޔަމް ޝައިފާގެ ނަމުގައި ހިންގާ އެކައުންޓަކުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އަންމަޑޭ މީނާގެ ދައްތައަށް، ގެވެށި އަނިޔާ އަދި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. "މި ގޯނާ" ކޮށްފައިވަނީ އެ އަންހެން މީހާގެ 11 އަހަރުގެ ދަރިފުޅު ކުރިމަތީގައި ކަމަށާއި އެ އަންހެން މީހާއަކީ އަންމަޑޭގެ ކުރީގެ ލޯބިވެރިޔާ ކަމަށްވެސް ބުނެފައިވެއެވެ.

މިއަންހެންމީހާ ވަނީ ފޭސްބުކްގައިވެސް ޕޯސްޓެއް މީގެ 3 ދުވަސްކުރިން ކޮށްފައެވެ. އެޕޯސްޓުގައި ފުލުހުންނަށް މައްސަލަ ބަލާލަން ވަނީ ގޮވާލާފައެވެ.

https://www.facebook.com/permalink.php?

މިތުހުމަތުތަކާ ގުޅިގެން އަންމަޑޭ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާއަކީ ދުވަހަކުވެސް އެއްވެސް އިންސާނަކަށް އަނިޔާވެރިކަން އިސްކޮށްގެން އިންސާނީ ކަރާމާތުގެ އަގު ކުޑަ ރޭޓަކަށް މާރުކޮށްލާނެ މީހެއް ނޫން ކަމަށެވެ. އަންމަޑޭ އިތުރަށް ބުނެފައިވަނީ އޭނާ ފަލީހަތްކޮށް އަގުވައްޓާލި އެންމެންނަށް ހިތް ސާފު ކަމަށާއި ނަމަވެސް މައްސަލައިގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ތަހުގީގީ އިދާރާތަކަށް ދޭނެ ކަމަށެވެ.

https://www.facebook.com/permalink.php?

"އަޅުގަނޑުގެ ނަން ހަރާބުކުރަން އަދި ހަގީގީ ނުވަތަ ހަގީގަތާ ހިލާފު ވާހަކަ ދައްކާ އެންމެނަށްވެސް ހިތް ސާފެވެ. ކުރިކަމެއް ނަމަ އެކަމަކާ ކުރިމަތިލާން ތައްޔާރެވެ. އެކަމުގައި އަޅުގަނޑު މިހުރީ އިސްވެ ފުލުހުންނާ ވާހަކަ ދައްކަންވެސް ތައްޔާރަށެވެ" އަންމަޑޭ ބުންޏެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެއީ މި މަހުގެ 27 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ މައްސަލައެކެވެކަ އަދި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.