ފީފާ ވަރލްޑް ކަޕަށް ޤަރުނެއް ފުރޭތީވެ، 2030 ވަނަ އަހަރުގެ ވަރލްޑް ކަޕް ތިން ބައްރުގައި ބާއްވަން ފީފާއިން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

އެންމެ ފުރަތަމަ ވަރލްޑް ކަޕް ބޭއްވީ 1930 ވަނަ އަހަރު އުރުގުއޭގައެވެ. 2030 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް ފީފާއިން ކަނޑައެޅީ ދެކުނު އެމެރިކާ ބައްރުގެ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭ އިތުރުން އެފްރިކާ ބައްރުގެ މޮރޮކޯ އާއި ޔޫރަޕުގެ ސްޕެއިން އާއި ޕޯޗުގަލްގައެވެ.

ދެކުނު އެމެރިކާ ބައްރުގައި ކުޅޭނީ ވަރލްޑް ކަޕުގެ ފުރަތަމަ 3 މެޗެވެ. އެއަށްފަހު މުބާރާތް ކުރިއަށްދާނީ މޮރޮކޯ އާއި ސްޕެއިން އަދި ޕޯޗުގަލްއެވެ. މިތިން ގައުމަކީ މުބާރާތުގެ ކޯ ހޯސްޓަރުންނެވެ.

2030 ވަނަ އަހަރުގެ ވަރލްޑް ކަޕް އާޖެންޓީނާ، އުރުގުއޭ، ޕެރަގުއޭ، ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައި ބާއްވަން ނިންމުމުން މިގައުމުތައް މިހާރު ވަނީ އޮޓަމެޓިކުން މުބާރާތަށް ކޮލިފައިވެފައެވެ.

ތިންބައްރުގައި 2034 ވަނަ އަހަރުގެ ވަރލްޑް ކަޕް ބާއްވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، 2034 ވަނަ އަހަރުގެ ވަރލްޑް ކަޕް ބާއްވާނީ އޭޝިޔާ އާއި އޯޝޭނިޔާ ބައްރުގައެވެ. އޭޝިޔާ ބައްރުން މިޖާގަ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ފުޓްބޯޅައަށް ބޮޑު ހޭދައެއްކޮށްގެން ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ސައުދީ އަރަބިއްޔާއިންނެވެ.