އިންޑިއާގެ އެއާލައިންތަކަށް އަމާޒުކޮށްގެން ދޮގު ބޮމުގެ އިންޒާރުތައް މީގެ ކުރިން ނުފެންނަހައި ގިނައިން މިހާރު ކުރިމަތިވާން ފަށައިފިއެވެ. މިކަމުގެ ސަބަބުން، ފްލައިޓްތަކުގެ ޝެޑިއުލްތަކަށް ބުރޫ އަރައި، ބޯޓުތައް އެހެން ދިމަދިމާއަށް ހޭރިޔާ ކުރަން ޖެހި، ދަތުރުފަތުރަށް ބުރޫ އަރަމުން އެބަދެ އެވެ.

އިންޑިއާއިން ސިފަ ކުރާ ގޮތުގައި މިއީ ފައިނެންޝަލް ޓެރަރިޒަމްގެ އަމަލެކެވެ. މި ކަމަކީ، އިންޑިއާއިން ވަކި ވެގަތުމަށް މަސައްކަތް ކުރާ ޚާލިސްތާނު ސިކުންގެ ޖަމާއަތުން އަޑީގައި އޮވެގެން ކުރާ ކަމެއްކަމަށް ބެލެވެއެވެ.

މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ފެނިގެން ދިޔައީ، މުމްބާއީ އިން ޝިކާގޯއަށް ދަތުރުކުރި ބޮއިންގް 777 ބޯޓުގައި ތިބި 211 ފަސިންޖަރުން ބޯޓު ފައިބައިގެން ދުރު ހިސާބަކުން ހިނގާފައި ކެނެޑާގައި ޓާމިނަލްއަށް ދަނިކޮށެވެ. އެއާ އިންޑިއާގެ މި ބޯޓު އިކާލޫޓަށް ޑައިވަރޓްކޮށްފައި ވަނީ "އޮންލައިން ކޮށް ޕޯސްޓްކޮށްފައިވާ ސަލާމަތީ ނުރައްކަލެއްގެ ސަބަބުން" ކަމަށް އެއާއިންޑިއާއިން ބުންޏެވެ.

މިހާތަނަށް އިންޑިއާގެ އެއާލައިންތަކަށް އަމާޒުކޮށްގެން އެތައް އިންޒާރެއް ދީފައި ވެއެވެ. މިދިޔަ ހަފްތާގައި އެކަނިވެސް މަދުވެގެން 90 އިންޒާރު ދީފައިވެއެވެ. އޭގެ ސަބަބުން ޑައިވަރޝަންތަކާއި ކެންސަލްކުރުމާއި ލަސްވުން ފަދަ ކަންކަން ކުރިމަތިވެފައިވެއެވެ.

ޖޫން މަހު އެއް ދުވަހުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް 41 އެއާޕޯޓަކަށް ދޮގު ބޮމުގެ އިންޒާރު ލިބިގެން ސެކިއުރިޓީ ވަރުގަދަ ކުރި އެވެ.