ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމާއި ޑްރަގުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ މައްސަލައަށް ދާއިމީ ހައްލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދާޚިލީ ވުޒާރަށް މަތިކޮށްފައިވާ މަސައްކަތެކެވެ.

މި މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރަލާއި، ޑްރަގްއެއްކޮށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.

އަދި މިކަމުން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މިކަން އޮތްވަރު. އަޅުގަނޑުމެން މި ޓާގެޓްކުރަނީ ރައީސްގެ މިދައުރުގެ ތެރޭގަ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާނެ ކަމަށް. ޑްރަގާއި ގޭންގުގެ މައްސަލާގަ އަޅުގަނޑުމެންގެ ދާއިމީ ހައްލާ ދިމާލަށް މަސައްކަތްކުރާއިރު ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް. ވަޒީރު އިޙްސާންމިނިސްޓަރ ވިދާޅުވީ އެ ދެ އިސްލާހު ޑްރާފްޓްކުރެވި މިހާރު ވާނީ އޭޖީ އޮފީހަށް ފޮނުވާފައި ކަމަށާއި މި ދައުރުގެ ތެރޭގައި މި ބިލްތައް ޤާނޫނަކަށް ބަދަލުވެގެންދާ މިންވަރަށް އޭޖީ އޮފީހުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޚަބަރު: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ