މާލެ އާއި ހުޅުމާލެ ގުޅާލާ ހައިވޭގައި ހަތަރު ކާރު ހިމެނޭހެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ބްރިޖް ހައިވޭގައި ހަތަރު ކާރު ހިމެނޭހެން އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ.

އެގޮތުން ދެންމެ ފުލުހުން ބުނެފައިވަނީ ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރު ޖެހި އެކްސިޑެންޓެއް ވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"އެކްސިޑެންޓާއި ގުޅިގެން ބްރިޖްގެ ޓްރެފިކް ވަނީ ބްލޮކްވެފައި،" ފުލުހުން ބުނެފައިވެއެވެ.

މިއަދު ހަވީރު ފަހެއް ޖަހާކަށްހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނި މާލެއިން ހުޅުމާލެއަށް ދާ ރޫޓުގައި ކާރުތަކަކާއި ސައިކަލުތަކެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އެކްސިޑެންޓަށްފަހު ހައިވޭގައި ޓްރެފިކް ބާރުބޮޑުވެފައިވާއިރު ފުލުހުން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.