އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުއައިބު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޓިކެޓުގައި އޭނާ ވާދަކުރައްވާނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ކަމަށެވެ.

''ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް އަޅުގަނޑު އިންތިހާބު ކޮށްދީ.. ރައްޔިތުންނަށް އެންމެ މުހިންމު ބިލުތައް ހުށަހަޅާ ކެރިގެން ވަރުގަދަ މަސައްކަތް ކޮށްދޭނަން. އަމިއްލަ ވިޔަފާރި ނުކުރާނަން. ރައްޔިތުން ނިކަމެތިކޮށް ބައިތިއްބާފައި, ބޭބެ އާ ކޮއްކޮ ބުނާގޮތް ނުހަދާނަން.“ .
ޝުއައިބު ވިދާޅުވިއެވެ

އަދި 15 އަހަރު މަޖިލިސް ގޮނޑީގައި އިނދެގެން އީވާ އެ ގޮނޑި ނަޖިސް ކޮށްފައިވާ ކަމަށްވެސް އީވާ އައުޓް ހޭޝްޓެގާއެކު ޝުއުއިބު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ދާއިރާއެވެ.