ގެއެއްގަތުމަށް ފައިސާ ރައްކާކުރުމުގެ ގޮތުން ދެލޯބިވެރިން ކުއްޔަށް ހިފާފައިވާ ފްލެޓުން ނުކުމެ ކޭމްޕާ ވޭން އަކަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެސްޓް ސަސެކްސްގެ ކްރޯލީއަށް ނިސްބަތްވާ ފްލެވިއާ ކެޓަވިޓެލޯ އާއި ލޫކް ނޮރިސް އަކީ 23 އަހަރުގެ ދެލޯބިވެރިންނެވެ. ފުލްޓައިމް ވަޒީފާ އަދާކުރާ ކުރާ ދެމީހުން ނަމަވެސް އެމީހުންނަށް ހީވީ ދުވަހަކުވެސް ގެއެއް ގަނެވޭވަރަށް ރައްކާ ނުކުރެވޭނެ ކަމަށް އެމީހުން ބުންޏެވެ. އެމީހުން ވަނީ ކުރީގެ ވޭން މޮޑެލްއެއްކަމަށްވާ ފުރާޅު ފަރުމާކުރި ވޭނެއް ގަނެ މޮބައިލް ހޯމަކަށް ބަދަލުކުރުމަށް 13000 ޕައުންޑް އިންވެސްޓްކޮށްފަ އެވެ.

"އަހަރެމެންގެ ތެރެއިން އެކަކުގެ މުސާރަ ރައްކާކުރެވޭނެ މިހާރު" އެމީހުން ބުންޏެވެ.

އެމީހުންނަށް 14 ހަފްތާގެ ތެރޭގައި ވޭންގައި ދިރިއުޅެވޭނެ ގޮތް ހެދުމަށް ކާމިޔާބު ކުރެވުނުއިރު، އެއާ ކުކަރަކާއި އެނދާއި ފެންވެރޭނެގޮތެއް ވެސް ހުރިއިރު، މި ވޭން މިހާރު ޕާކްކޮށްފައި ވަނީ ނޮރިސްގެ އާއިލީ ގޭގައެވެ. އޮގަސްޓް މަހު އެ ދެލޯބިވެރިން ވޭން ބޭނުންކޮށްގެން ކްރޯލީ އިން އިޓަލީގެ ޕެސްކާރާ ސިޓީއަށް ދަތުރުކުރިއިރު، ސްވިޒަލޭންޑްގައި ރޭގަނޑު ހޭދަކުރުން ހިމެނޭ ގޮތަށް ހަ ގައުމެއްގެ ތެރެއިން 2500 މޭލު ދެކޮޅު ދަތުރުކުރި އެވެ. ކަޓަވިޓެލޯ ބުނީ "އާދައިގެ ކާރެއްގައި އިޓަލީއަށް ދުއްވައިފިނަމަ ހޮޓަލެއްގައި މަޑުކުރަން ޖެހޭއިރު، މި ރީތި ލޭކް ކައިރީގައި ރޭގަނޑު ޕާކު ކުރަން ދައްކަންޖެހުނީ އެންމެ ދެ ޔޫރޯ".