ހިޔާފްލެޓްގެ ހަަވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި ލިބުނު އަނިޔާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެ ޓަވަރުން ވެެއްޓިފައިވަނީ ފަނަރަ އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަތަން ފެނުނު ބަޔަކު ބުނީ އެ ކުއްޖާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށެވެ. ބައިވަރު ލޭ ފައިބަމުން ދިޔަތަން ފެނުނު ކަމަށް އެމީހުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަކީ ހއ.ދިއްދޫ ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 11:58 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.