އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާނީ 17 ނޮވެމްބަރު ގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން މަޝްވަރާކޮށްފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ ކޮންމެ ދުވަހަކު އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި މިއަދު ހެނދުނު ބޭއްވި ބައްދަކުވުމުގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސްގެ ފަރާތުން އެދިވަޑައިގަންނަވާ ގޮތަށް ހުވާ ކުރުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭ ކަމަށެވެ.

ނޮވެމްބަރު މަހުގެ 17 ވަނީ ހުކުރު ދުވަހަކާ ކަމަށާއި އިންތިހާބީ ރައީސް މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. މޫސުމަށް ބަލައި ފަހަރުގައި ބައެއް ބަދަލުތައް އައުން އެކަށީގެންވާކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.