ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ ޕްލެޓްފޯމް މެދުވެރިކިށް މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ނުވަތަ ޤާނޫނީ ބަހުސްތަކާއި ބެހޭ ގޮތުން ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭން ބޭނުންވާ މަޢުލޫމާތު، މި ޕްލެޓްފޯމުން، މިނިވަންކަމާއެކު ފޮނުވަމުން ގެންދާނެ ކަމަށެވެ.

އެ ޕްލެޓްފޯމްގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވަނީ މުޅިން ވެސް ދިވެހިންކަމުން އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުގެ އެ ޕްލެޓްފޯމްގެ ލިންކު: https://media.pgoffice.gov.mv/radio-program

އެ ފަދަ ފްލެޓްފޯމެއް ޕީޖީ އޮފީހުން ތައާރަފުކުރި އިރު މިހާތަނަށް އެ މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމާ ގުޅިގެންނެވެ.

ޕީޖީ އޮގީހުގެ އަމިއްލަ ބްރޯޑްކާސްޓިން ޕްލެޓްފޯމެއް ތައާރަފުވުމުން ޕްރައިވެޓް ބަޔަކަށް ނުވަތަ އެ ނޫން ވެސް ކުންފުންޏަކަށް އަދި ބްރޯޑްކާސްޓަރަކަށް ބަރޯސާ ނުވެ ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުމުގެ ގާބިލުކަން ފަހިވެހެން ދިޔައީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.