މާލޭގައި ދެމުންގެންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އޯކިޑް ރޫޓުގެ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ ބަދަލު ގެނައީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
މިގެނައި ބަދަލާއެކު ހޮނިހިރު ދުވަހުގެ ނިޔަލަށް އޯކިޑު ރޫޓުގެ ބަސް ދަތުރުކުރާނީ އަމީރު އަހުމަދު މަގާއި ސޯސަން މަގުންނެވެ.
މީގެ އިތުރުން އެކުންފުނިން ބުނީ އެ ބަދަލު ގެނައީ ހެންވޭރު ދަނޑުގައި މިއަދުން ފެށިގެން ކުރިއަށްދާ ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ މުބާރާތާއެކު އެ ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލެއް ގެނައުމަށް ފުލުހުން ނިންމުމާއި ގުޅިގެން ކަމަށެވެ.