މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ހއ.އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން މި ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ މެންދުރު 12:00 ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ.

މީގެއިތުރުން މި ހުދު ސަމާލުގައި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި މިއަދު ހެދުނުގެ ވަގުތެއްގައި ވެސް މި ހިސާބާށް މުސުމާ ބެހޭ އިދާރާއިން ވަނީ ހުދުސަމާލު ނެރެފައެވެ.