ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019 އަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި.

0

އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގެ ނަމުގައި، ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މިގޮތުން މި ހިނގާ (2019 ވަނައަހަރު) ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ނޮވެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރެއެވެ.

Advertisement

މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް  ޖަމްޢިއްޔާތަކަށްވަނީ ހުޅުވާލާފައެވެ.

އެހެން ކަމުން،  މި އިނާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި    ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ނަން ހުށަހެޅުއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

“ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019” ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

  • ޝަރަފުވެރިކަމުގެ އިނާމު
  • ހިތްވަރުދިނުމުގެ އިނާމު
  • ކައުންސިލުންދޭ ޚާއްޞަ އިނާމު
  • މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު
  • ޚާއްޞަ ޚިދުމަތުގެ އިނާމު
  • ހިންގުންތެރިކަމުގެ އިނާމު
Advertisements

LEAVE A REPLY

Please enter your comment!
Please enter your name here