މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ސިއްހީ ދާއިރާއަށް އައްޔަން ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިހާރު ހިނގަމުންދާ މުހިއްމު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓް އަދި ކުރިއަށް ޕްލޭނުކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އެ ކޮމިޓީން ވަނީ ހެލްތް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ފަރާތްތަކާއި ވެސް ބައްދަލުކުރައްވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އައްޔަނުކޮށްފައި ވަނީ އަބްދުއްރަހީމް އަބްދުﷲއެވެ.