އަލިފާނުގެ ބޮޑު ހާދިސާއެއް މާލޭގައި ހިނގައި އެތައް ގެއެއް އަނދާ ހުލިވެއްޖެ

0
މާލޭގައި ރާވެފައިވާ އަލިފާންގަނޑު ފެންނަ ފޮޓޯއެއް

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރޯވެފައިވަނީ ހ. ފެހި އާބާދުގޭގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި ހަރަކާތެރިވަމުން އަންނަ ‘ސަން’ ގެ ނޫސްވެރިން ބުނީ، ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އަންނަނީ ފެތުރެމުން ކަމަށާއި ކައިރީގައި ހުރި ސައިކަލްތަކުގައި ވެސް ވަނީ ރޯވެފައި ކަމަށެވެ.

Advertisement

އެއްވެސް މީހަކަ ފިހުނު ކަމުގެ މައުލޫމަތެއް އަދި ލިބިފައި ނެތް ނަމަވެސް ދުމުގެ އަސަރު ކޮށްގެންނާއި ބައެއް އެހެން ހާނިއްކަ ވެގެން ބައެއް މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އަލިފާނުގެ ހާދިސާާއާއި ގުޅިގެން ކަލާފާނު ސްކޫލުގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައި މިވަގުތު 100 އަށް ވުރެ ގިނަ މީހުން އެބަތިބިކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި. އެބޭފުޅުންނަށް ބޭނުންވާ ފެނާއި ކާނާ އަދި ޒަރޫރީ ތަކެތި ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައި.

އަލިފާން ރޯވި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތައްކުރައްވާފައި، ރައީސްގެ އިތުރުން ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރ ވެސް މިސަރަހައްދުގެ ހާލަތު ވަނީ ބައްލަވާލައްވާފައި.
Advertisements

LEAVE A REPLY

Please enter your comment!
Please enter your name here