އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު މެންދުރުފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މި މަސައްކަތަށް މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުމާއި، ކުއްޅަވަށް ގޯޅިއާއި، ހަވީރީ ހިނގުމާއި، ފީރޯޒު މަގާއި، ގަނދަކޯޅިމަގާއި، ކުޅިދޮށު މަގާއި، ފުލޫނިޔާ މަގާއި، އިރާކު މަގާއި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އެ މަސައްކަތްތައް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިވަޑައިގަންފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ހިދުމަަތްތެރި ކުންފުންޏެވެ.