ދިވެހި ރެޑްކްރެސެންޓް އިން ފަލަސްތީނުގެ މުސްލިމުންނަށް އެހީވުމަށް ފަންޑެށް ހުޅުވާޅައިފިއެވެ.

އިސްރޭލާ ފަލަސްތީނުގެ ހަނގުރާމައިގައި އިސްރޭލުުން ދަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާކުރަމުންނެވެ. މިގޮތުން އިސްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އެތެރެ ކުރެވެން ހުރި ދޮރުތައް ބަންދު ކޮށްފައެވެ. އަދި ސާފު ބޯފެން ލިބުމުންވެސް ވަނީ މަހްރޫމް ކޮށްފައެވެ.

ދިވެހި ރެޑްކްރެސެންޓުން މި ހުޅުވާލި ފަންޑް އަކީ މިގޮތަށް ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލި ފަންޑެކެވެ. މިފަންޑް އިން ލިބޭފައިސާއިން ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަށް އެހީވެދޭނެ ކަމަށް އެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

އެ ގޮތުން ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްއިން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓުތަކަށެވެ.

7701176022001 (MVR)

7701176022002 (USD)

އަދި އެމްއައިބީން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓު ތަކަށެވެ.

99010155500036100 MVR

99010155500036200 USD