ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރި 21 އަހަރުގެ އަންހެން މީހާ ގެއްލުނީ ނޫންކަމަށާއި، އޭނާ އަމިއްލައަށް ގެއިން ނުކުތީ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ 21 އަހަރުގެ އަންހެނެއް ގެއްލިފައިވާކަމަށް ބުނެ ރޭ 08:30 ހާއިރު އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އޭނާ ގެއްލިފައިނުވާ ކަން އިނގޭ ކަމަށެވެ. އަދި އާއިލާއާއި މެދު ހުރި ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން އަމިއްލަޔަށް އެމީހާ ގެއިން ނިކުމެގެން ގޮސްފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.