ހުޅުމާލޭގެ ފޭސް 2 ގައި 7000 ފުލެޓް ސަރަހައްދުގައި ބިދޭސީން ތިބޭ ތަނެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 7000 ފްލެޓްތައް ހުންނަ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 11:08 ހާއިރު ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.