މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ އެމްޑީ އާރިފް ހޮސެން، ބަންގްލަދޭޝް، (29އ)/ ޕާސްޕޯޓް ނަންބަރު: EF0931258 އެވެ.

ފުލުހުން ބުނީ، ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

މީގެއިތުރުުން ފުލުހުން ބުނީ މި މައްސަލާގައި އޭނާ ހާޒިރު ކުރަން ބޭނުންވަނީ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.

އަދި މިމަހު 25 ވަނަ ދުވަހުގެ 14:00 އަށް ފުލުހުންގެ ހެޑްކުއާޓަރު ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.