ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް ކައުންސިލް އިންތިޚާބު ބޭއްވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް އިސްލާހު ގެނެސް ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިޚާބާއި ބެހޭ ޚާއްސަ ޤާނޫނަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކާއިއެކު މަޖިލީހުން ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރވި ވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓުންނެވެ.

މިބިލުގެ ކޮމިޓީ ރިޕޯޓް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅާއި، އެއްގަޑިއިރުގެ ބަހުސްއަށްފަހު ވޯޓަށް އަހައި ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ޖަލްސާ މިހާރު ވަނީ ނިންމާލާފައެވެ.

ކޮމިޓީގެ މަރުހަލާގައި ބިލަށް ގެނެސްފައިވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހެއެވެ. އިންތިޚާބާއި ގުޅޭ ޚާއްޞަ ޤާނޫނަށް އިޞްލާހު ގެނެސްފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ.