ފީނަން ގޮސް އުޅުނު ރ. ދުވާފަރު މީހަކު މަރުވެއްޖެއެވެ.

އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާ މިހާރު ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ހަލި" ނޫހަށް މައުލޫމާތު ދެމުން ރ އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތުދީފައިވާ ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ހަސަން ފަޒީލް ވިދާޅުވީ އެމީހާ މަރުވެފައި ވަނީ ގެނބިގެންނެވެ.

މިހާދިސާގެ ޚަބަރު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 2:12 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ރ އަތޮޅު ޔޫ އެންޑް މީ ރިސޯޓު ކައިރިއަށް ފީނަން ފޭބި މީހަކު ހަބަރު ހުސްވެގެން ރ.އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.