ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވާ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އެމީހުން ހޯދަން ފަށައިފައިވަނީ ކޯޓަށް ހާޒިރުވާން އަންގައި ހާޒިރު ވެފައި ނުވާތީއެވެ. އެމީހުން ކޯޓަށް ހާޒިރު ކުރަނީ ކޯޓުން ފުލުހުންގެ މަައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެެންނެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ސްޕަންޖުގެ، މަރްޔަމް އަޝްފާ (29އ) އާއި ނ. ވެލިދޫ / ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާ (39އ) އެވެ.

ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވަނީ 2023 އޮކްޓޫބަރ 21 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް އެ މީހުް ހާޒިރުކޮށްދިނުމަށެވެ. އެދެމީހުންނާާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.