ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު އަޒުމް އާކުރަންވީ ތާއަބަދަށް އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސްކަމަށް ތާރީހީ ގޮތުން ކަނޑައެޅިފައިވާ ދުވަހުން ވަރަށް ގިނަ ވާހަކަ ހަނދާންކޮށްދޭ ކަމަށެވެ.
އެގޮތުން ދިވެހިން މިއަދު އަޒުމް އާކުރަންވީ ތާއަބަދަށް އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އެއްބައެއްވަންތަކަމުގެ އަސާސަކީ އިސްލާމްދީން ކަމަށް ވެސް ޑރ.ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ރަބީއުލްއާހިރު މަހެއްގެ ދެވަނަ ދުވަހުއެވެ.