މީގެ ފަންސަވީސް އަހަރުކުރިން ކަރަންޖޯހަރުގެ ޑައިރެކްޝަނަށް ޝާހްރުކް ހާނާއި ކާޖޮލް އަދި ރާނީ މުކަރްޖީ ތަރިންގެ ގޮތުގައި ފެނިގެން ދިޔަ މަޝްހޫރު ފިލްމު "ކުޗްކުޗް ހޯތާހޭ" ގެ ރިހިޔޫބީލް ފާހަގަކޮށްފިއެވެ.

ހިތްތަކަށް އަސަރު ފޯރުވި އަދި މިހާތަނާ ޖެހެންދެންވެސް އެ އަސަރު ނުފިލާ ތިނެސްކަން ލޯބީގެ ވާހަކައަކަށް ކުޅެފައިވާ މިފިލްމަކީ މިހާތަނާ ޖެހެންދެން ބޮލީވުޑްގެ ތާރީހުގައި ލިޔެވިފައި އޮތް ސުޕްރހިޓެކެވެ.

ހިންދީ ފިލްމުތަކުގެ ތެރެއިން އަދިވެސް ބޮލީވުޑްގައި ނުކުތް އެންމެ މަގްބޫލު އެއް ފިލްމެވެ. މި ފިލްމު ކާމިޔާބު ވެފައިވާ މިންވަރު ރޭގައި ބޭއްވި ހާއްސަ ޝޯވ އިން ވެސް ހާމަވެއެވެ. ފިލްމަށް ފަންސަވީސް އަހަރު ފާހަގަ ކުރުމުގެ ގޮތުން ފަންސަވީސް ރުފިޔާގެ މަގުން ވިއްކި ޓިކެޓް ފަންސަވީސް މިނެޓަށްވުރެ އަވަހަށް ވިކި ހުސްވީ ފިލްމުގެ ޝޯވ އެއް އަޅުވާނެ ވާހަކަ އިއުލާން ކުރިތާ މިނެޓެއްތެރޭ ޓިކެޓް ގަންނަން ފަށައިގެންނެވެ.

ރޭގެ ޝޯއިން ކަރަން ޖޯހަރާއި ފިލްމުގެ ލީޑް ރޯލުން ފެނުނު ރާނީ މުކަރްޖީއާއި ޝާހްރުކް ޚާން ފެނުނު ނަމަވެސް ކާޖޮލް ފެނިފައި ނުވެއެވެ. އެކަމާ ގިނަބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ.

1998 ވަނަ އަހަރުގެ އޮކްޓޯބަރ 16 ވަނަ ދުވަހު ނެރުނު "ކުޗްކުޗް ހޯތާހޭ" އަކީ ކޮލެޖެއްގައި އެކުގައި ކިޔަވަމުން ދިޔަ ހާއްސަ ދެރަހްމަތްތެރިންގެ ވާހަކައެވެ. މިއީ އަށް އަހަރުގެ އަންޖަލީ އޭނާގެ މަރުހޫމް މަންމަ (ޓިނާ)ގެ ވަސިއްޔަތު ފުރިހަމަ ކުރުމަށްޓަކައި އޭނާގެ ބައްޕަ(ރާހުލް)ގެ ބެސްޓްފްރެންޑް އަންޖަލީ ޝަރްމާ ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލަވަތަކަކީ އަދިވެސް މަޝްހޫރު ލަވަތަކެކެވެ. ފިލްމު މަގްބޫލުވެގެން ދިޔަ ވަރުން އަދިވެސް މީގެ ބައެއް ޑައިލޮގްތައް އެހެން ފިލްމުތަކުންނާއި ކުދިކުދި ޔޫޓިއުބް ވީޑިޔޯތަކުންވެސް އިވެއެވެ. ހާއްސަކޮށް "ތުސީ ޖާރަހީހޯ. ތުސީ މަތުޖާ،" "ހަމް އޭކީބާރް ޖީތޭހޭ، އޭކްބާރް މަރްތޭހޭ، ޝާދީބީ އޭކީ ބާރް ހޯތީހޭ އޮރް ޕިޔާރްބީ އޭކީބާރް ހޯތީހޭ،" މިއީ ޑްރާމާތަކުން، ފިލްމުތަކުން، ޝޯޓްސް، ވީޑިޔޯތަކުން އިވޭ ޑައިލޮގްތަކެކެވެ.