އިސްރޭލުގެ ހަމަލާތަކުގެ ސަބަަބުން ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމުގައި އުދަނގޫތަކަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށް މިސްރުން ބުނެފިއެވެ.
މިސްރުގެ ކަމާބެހޭ ފަރާތް ތަކުން ވިދާޅުވީ މިސްރުން ފަލަސްޓިނުގެ ޣައްޒާއަށް ހަަމައެޖަނި ވަދެވެން އޮތް ފަޅި ރަމަހް އަށް އިސްރޭލުން ދަނީ ހުއްޓުމެއް ނެތި ހަމަލާ ދެމުން ކަމަށެވެ. މީގެ ސަބަބުން ޣައްޒާއަށް އެހީގެ ތަކެތި ހިފައިގެން ދާ އެތަށް ޓުރަކުތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އެތަށް ޓަނުގެ އެހީ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
"އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަގެއް އަޅުގަނޑުމެން މިދަނީ ބަލަމުން. ނަމަވެސް މިހާތަނަށް އައިއިރު ވެސް އިސްރާއީލު ސަރުކާރުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ޓުރަކްތަކަށް ވަދެވޭނެހެން ރަފަހް ބޯޑަރު ހުޅުވައި، އެހެން ގައުމުތަކަށް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވެވޭނެ މަގު ފަހިކޮށްދިނުމަށް އެއްވެސް ކަމެއް ކުރަމުން ނުދޭ. ބަދަލުގައި މި މަސައްކަތައް ދަތިވާނެހެން އިސްރާއީލުން އަމަލުތައް ބަހައްޓަމުން އަންނަނީ" މިސްރުގެ ފޮރިން މިނިސްޓަރު ސަމީހު ޝައުކްރީ ނޫސްވެރިންނަށް ވިދާޅުވިއެވެ.
އިސްރޭލުން ދަނީ ޣައްޒާއަށް އެހީ ލިބޭނެ ހުރިހާ މަގުތަކެށް ބަންދު ކުރަމުންނެވެ.