ފަލަސްތީނުގެ ދެކުނު ޣައްޒާއަށް އެހީތައް ވެއްދުމުގެ ހުއްދަ ދޭން އިސްރާއިލުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނީ އިސްރާއީލުގެ ބޯޑަރު ސަރަހައްދުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލުން ނުދޭނެ ކަމަށެވެ. ނަމަވެސް މިސްރާއި ޣައްޒާއާ ގުޅޭ ބޯޑަރު ފަޅިން އަންނަ އެހީއަށް ހުރަސް ނާޅާން ވަނީ ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޣައްޒާގެ ދެކުނުގައި ދިރިއުޅޭ އަދި މިހާރު އެސަރަހައްދަށް ބަދަލުވަމުން އަންނަ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޭސްފަދަ ތަކެތި މިސްރުން ޤައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން ހުރަސް ނާޅާނެކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް ޤައްޒާގެ މައި ސަރަހައްދަށް އެހީތައް ވެއްދުމަށް ހުއްދަދޭނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއިލުގެ ރަހީނުން އަނބުރާ އިސްރާއިލާއި ހަވާލުކުރުން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެެ.