މާލެ ސަރަހައްދު، ދޫނިދޫ ކައިރިން ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ދޫނިދޫ އާ ދިމާލުން ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ވީޑިޔޯތަކެއް ސޯޝަލްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. މިވީޑިޔޯތަކުން ފެންނަ ގޮތުގައި މިއީ ފިރިހެނެއްގެ ހަށިގަނޑެވެ. އަދި މިހަށިގަނޑު އޮތީ ބަރަހަނާ ހާލުގައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހަށިގަނޑު ފެނިފައި ވަނީ ދޫނިދޫ އާއި ފުނަދޫ (ތެޔޮ ފުނަދޫ) އާ ދޭތެރޭ ކަނޑުމަތިން ކަމަށެވެ.

އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް މިކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެެއް ނުވެއެވެ.