އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބު ބޭއްވުމަށް ހަދަންޖެހޭ ގައިޑްލައިން އެޗްޕީއޭއިން އެކުލަވާލާ އިލެކްޝަންސް ކޮމިޝަނުގެ މަޝްވަރާއަށް މިއަދު ފޮނުއްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އެޗްޕީއޭއިން، ފޮނުވި ގައިޑްލާއިނާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމަށް ބޭއްވުމަށް ނިންމާފައެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެންނެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް ވަގުތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.