ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް ސީރިއަސް އަނިޔާތަކެއް ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި ބަޔަކަށް ސީރިއަށް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ވިދާޅުވީ ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލްކުރަން އުޅުމުގެ ތެރޭގައި އެ ސިލިންޑަރު ގޮވައި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:45 ހާއިރުގައިކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު އަނިޔާވި 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާއިރު އެތަނުން އެކެއްގެ ހާލު ވަރަށް ސީރިއަސްކަމަށް މަޢުލޫމާތުލިބެއެވެ.

އަދި ޒަހަމްވި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭއިރު ހާލު ސީރިއަސްވެ ތިއޭޓަރުގައި ފަރުވާދެމުން ގެންދަނީ 37 އަހަރުގެ ފިރިހެނަކަށްކަމަށްވެއެވެ.