ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ކުޅުޖަހާ މީހުންނަށް ޖެއްސުން ކުރި މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޗައިނާގެ އަންހެނެކެެވެ. އެ މީހާ ދިޔާއީ އެހެން މީހުންނަށް އުނދަގޫވާނެހެން އަޑުގަދަކޮށް ތަންތަނަށް ކުޅު ޖަހަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހާ ވިސާގެ މައްސަލައެއް ޖެހިގެން އެއަރޕޯޓިގައި އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ވިސާގެ މައްސަލަ ޖެހުމުން ޗައިނާއިން ވަނީ އޭނާއަށް ފުރުމަށް ޓިކެޓް ވެސް ނަގައިދީފައެވެ. ނަމަވެސް އޭނާ ފުރައިގެން ގޮސްފައެއް ނުވެއެވެ.