ދިވެހީން ތިބޭނީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން، އެ ޤައުމާއި އެކުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް އަރަބި ބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބުމާއި، އެ ގައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަށް ދައްކައި އަލް އަގްސާ މިސްކިތް ދިފާއުކުރުމަކީ ވޭދުވެދިޔަ 70 އަހަރު ރާއްޖެއާއި ދިވެހީންގެ ސިޔާސާތުކަމަށެވެ.

" އެ ގައުމުގެ މިނިވަންވުމާ ހަމައަށް ދިވެހިން ވާނީ ފަލަސްތީނާއެކު." ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ.