އާބަންކޯގެ ކޯލް ސެންޓަރުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އާބަންކޯއިން ބުނީ މިއަދުން ފެށިގެން އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

”އާބަންކޯގެ ކޯލް ސެންޓަރުން 24 ގަޑިއިރުގެ ހިދުމަތް ލިބިގެން ދިއުން. މިއީ ކަސްޓަމަރުންނަށް ލުއިފަސޭހަވެ ހިދުމަތްތައް ކުރިއެރުވުމަށް އެޅިގެންދާ ފިޔަވަޅެެއް.“ އާބަންކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އާބަންކޯގެ ކޯލް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 1516 އެވެ.