އިންޑިއާގެ ޕްރެޒެންރަކު ފަލަސްތީނުގެ ދިދަގެ ކުލަތައް ފެންނަންހުރި ސާރީއެއް ލައިގެން ހުރި ކަމަށް ބުނެ ޓީވީ ޝޯއެއްގެ އިންޓަވިއުއެއްގައި އިޒްރޭލު އިންޓެލް ސްޕެޝަލް ފޯސަސްގެ މީހަކު ފާޑުކިޔައިފި އެވެ.

ޝޯގައި އިޒްރޭލުގެ އިންޓެލް ސްޕެޝަލް ފޯސަސްގެ މަންދޫބު ފްރެޑެރިކް ލަންޑައު ވަނީ "މިރާ ނައު" އަށް ދިން އިންޓަވިއުއެއްގައި ފަލަސްތީނުގެ ދިދަ ކުލަ ޖަހާފައިވާ އިންޑިޔާގެ ސަގާފީ ހެދުމެއް ލައިގެން ހުރި ކަމަށް ބުނެ ނޫސްވެރިޔާ ޝްރެޔާ ދުންޑިއަލް އަށް ފާޑުކިޔާފަ އެވެ.

ރިޕޯޓަރު ފާހަގަކުރެއްވި ގޮތުގައި އޭނާގެ ސާރީގެ ކުލަތަކަކީ އެއްވެސް ފަރާތަކަށް އެއްވެސް ތާއީދެއް އޮތްކަން ދޭހަވާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ލަންޑައު ލަފާ ދިނީ އެ ސާރީ ތަފާތު މުނާސަބަތަކަށް ރައްކާކުރުމަށެވެ. ނޫސްވެރިޔާ ދުންޑިއަލް އެއަށް ރައްދުދެމުން ބުނީ “އަހަރެން ބުނާ އެއްޗެއް، ނުވަތަ ލައިގެން ހުންނަ އެއްޗެއް އިޚްތިޔާރު ކުރުމަކީ އަމިއްލަ ނިންމުމެއް، ހަގީގަތް އެނގުމުން އަހަރެން ހަގީގަތާއި އެއްކޮޅަށް ވާހަކަ ދައްކާނެ" ކަމަށެވެ.