ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ގައު ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ 26 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން:

  • 17,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 72,938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 8400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެެރު ފުންކުރުން
  • 583 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 316 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން
  • 2 ބްރިޖެއް ހެދުމާއި، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުން
  • އެކްސަސް ޕްލެޓްފޯރމެއް ހެދުން
  • 3,863 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއަކީ 76.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.