ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އެ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި އާމިނަތު އަބްދުﷲ ޒުހައިރު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް އެކަމަނާ އައްޔަން ކުރެއްވީ މިއަދު އެވެ.

އެކަމަނާ ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ 25 މާޗް 2019 ގަ އެވެ.

އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީއިން މާސްޓާސް އޮފް ލޯސް (އެލްއެލްއެމްް އެމްޕްލޯއިމެންޓް ލޯ) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޕޭ ކޮމިޝަނުގައި ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާވެސް އަދާކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމުންނެވެ.