މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި ށ. ފުނަދޫ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް އެރަށު ތަރަހަގޭ ރައްޒާނު އާދަމް (32އ) ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.
އެހެން ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ 14:00 އަށް މާފުށި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.