ހދ. މަކުނޫދޫގައި ނަރުދަމާގެ މަސައްކަތްކުރަމުން ދިޔަ ސައިޓެއްގައި ބާރުގަދަ އެއްޗެއް ގޮވައި މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެ ދެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާކަމަށާއި މިހާރު ހަށިގަނޑުތައް އާއިލާއާއި ހަވާލު ކުރެވިފައިވާކަމަށެވެ.
މަކުނުދޫ ބަނދަރު ސަރަހައްދުގައި ބާރު ގަދަ ގޮވުމެއް ގޮވާ މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތަށް ވަނީ މި ގޮވުމާއެކު 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައެވެ.
ފުލުހުން ވިދާޅުވީ މި ހަދިސާއާއި ގުޅިގެން އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން އަދިވެސް ބަލައި ތަހްގީގްކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.