"ކިންގް ސްޕޯޓްސް" ގެ ދިވެހީން ފަލަސްތީނާއެކު ވާކަން އަންގައިދޭ ހާއްސަ ޓީޝާޓެއް ގަނެލައިގެން ފަލަސްތީނަށް އެހީވުމުގެ ފުރުސަތު އެފިހާރައިން ހުޅުވާލައިފިއެވެ.

"ކިންގް ސްޕޯޓްސް" ފިހާރައިން "ހަލި" ނޫހަށް މައުލޫމާތު ދެމުން ބުނީ މިޓީޝާޓުގައި ފަލަސްތީނުގެ ދިދަ އާއި އެކު ދިވެހީން ފަލަސްތީނާއެކު ވާކަމަށް ލިޔެފައިވާނެ ކަމަށެވެ. ޓީޝާޓެއްގެ އަގަކީ -/180 ރުފިޔާއެވެ.

އަދި މި ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އައިއޭސީން ފަލަސްޠީނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑަށް ކަމަށް އެ ފިހާރައިން ބުންޏެވެ.

މާލެސިޓީ އިން މިޓީޝާޓް ބޭނުންވާ ފަރާތްތަކުން، 7346060 މި ނަންބަރަށް ގުޅާލުމަށް ކިންގްސްޕޯޓްސް އިން ވަނީ އެދިފައެވެ. ލިބެން ހުންނާނެ ކަމަށް ބުނީ ޗާނދަނީމަގު އަގޯރާ ގޯޅިތެރޭ ފިހާރައިންނެވެ.

މި ޓީޝާޓް މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކުން ވެސް ލިބެން ހުންނާނެ ކަމަށާ، އައްޑޫ ސިޓީއިން ޓީޝާޓަށް އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން 9413413 ގުޅާލުމަށް އެ ފިހާރައިން ވަނީ އެދިފައެވެ.

ހާއްސަކޮށް ފުވައްމުލަކު "ބާބާގާޑިޔާ"އިން ވެސް މިޓީޝާޓް މިހާރުލިބެން ހުންނާނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

ޔަހޫދީ ޒަޔަނިސްޓުންގެ ހަމަލަތައް ވަރުގަދަ ކުރަމުން ގޮސް އެންމެ ފަހުން އެއްގަމު މަގުން ޣާޒާ އަށް އެރުމަށްޓަކައި އިއްޔެ ހަތަރުދަމު ވަނީ ބިންގަރާސްތަކަށް ބޮން އެޅުން އިތުރު ކޮށްފައެވެ.