ޖޭޕީއަށް ޕީޕީއެމް މެމްބަރުން ގުޅުނީ މުނިފޫހި ފިލުވަން: ޢަބްދުއްރަހީމް

0

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީއެންސީގެ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ޕީޕީއެމްގައި ތިބި ގިނަ ޢަބަދެއްގެ މެމްބަރުން، ޖުމްހޫރީ ޕާޓީއަށް ދިޔައީ މުނިފޫހި ފިލުވަން ކަމަށެވެ.

އަދި ޖުމްހޫރީ ޕާޓީއަކީ، ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއްހުރި ޕާޓީއެއް ނޫންކަމަށެވެ. ހަމަ އެފަދައިން، ސިޔާސީ ބުރަދަނެއްހުރީ އެއްމެ ދެ ޕާޓީކަމަށާއި، އެއީ އެމްޑީޕީ އާއި، ޕީއެންސީ ކޯލިޝަންކަމުގައެވެ. ޢަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ވަރަށްފަހުން ގުޅުނު މެމްބަރުންގެ ތެރޭގައި، ޕީޕީއެމްގެ ވަރަށް އިސްފަރާތްތަކާއި، ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުވެސް ހިމެނެއެވެ. މިއީ ޢަބްދުއްރަހީމާއި ވަރަށް ގާތްކޮށް ވަރަށް އިސްކޮށް ހަރަކާތްތެރިވި މެމްބަރުންނެވެ. އެބޭފުޅުންނަށް ފާޑު ވިދާޅުވެ ޢަބްދުއްރަހީމް ވިދާޅުވީ، އެބޭފުޅުންނަކީ، ސަރުކާރު ބަދަލުވުމަށްފަހުގައިވެސް، މަޖިލީހުގެ ގޮނޑިވެސް ކާމިޔާބު ނުކުރެވުނު ބަޔަކަށްވާތީ އެބޭފުޅުންގެ މަޤުބޫލުކަން ހުރި މިންވަރު ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

Advertisements

ސިޔާސީ ގޮތުން އަޑުގަދަ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ، ޢަބްދުއްރަހީމްގެ އަޑު މިހާރު ވަނީ ރައްޔިތުންނާ ވަރަށް ބީރައްޓެހި އަޑެއްގެ ގޮތުގައި ސިޔާސީ ބޭބޭފުޅުންނާއި، ބައެއް މީޑިޔާތަކުން ދަނީ ފާހަގަ ކުރަމުންނެވެ.

Advertisements