ހއ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އައިސީޔޫ އިން ބަލިމީހުންނަށް ޙިދުމަތް ދޭން ފަށައިފި

0
ހެލްތު މިނިސްޓަރ ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގެ ހުޅުއްވާދެއްވާފއި

ހއ.އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް އެހޮސްޕިޓަލުން މިއަދުންފެށިގެން ފަރުވާ ލިބެމުން ދާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވޭ. ރަސްމީކޮށް މިޚިދުމަތް ފަށާފައި ވަނީ އިއްޔެއެވެ. މިޚިދުމަށް ފެށުމަށްޓަކައި އައިސީޔޫއަށް ބޭނުންވާ ސާމާނު ގަތުމަށް 7 މިލިޔަން ރުފިޔާވަނީ ޚަރަދު ކޮށްފައެވެ.

މިސަރަޙައްދުން މިހާތަނާ ޖެހެންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ގެންދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ހއ.ހޮސްޕިޓަލުގައި މިޚިދުމަތް ފެށުމުގެ ސަބަބުން ދިއްދޫން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ރަށުންބޭރަށް ގެންދިއުން ނިމުމަކަށް އައިސްފައިވާކަމަށްވެސް އެ އެހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.

Advertisement

އައިސީޔޫގެ ޚިދުމަށް ދިނުމަށްޓަކައި ހއ.އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫއެއް ޤާއިމް ކުރީ މީގެ 2 އަހަރު ކުރިންނެވެ. ނަމަވެސް އެތަނަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން މިޚިދުމަތް އޮތީ މިހާތަނަށް ނުފެށިއެވެ. މި ހޮސްޕިޓަލުން އައިސީޔޫގެ ޙިދުމަތް ލިބިގެން ދިޔުމަކީ ދިއްދޫގެ ރައްޔިތުންނާއި ހއ.ގެ ރައްޔިތުންނަށް ސިއްޙީގޮތުން ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.

ފާއިތުވި އެއް އަހަރުދުވަހުތެރޭގައި ހއ.އަތޮޅު ހޮސްޕިޓަލުން އަލަށް ތަޢާރަފްކުރައްވާފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ދަތުގެ ފަރުވާއާއި، ކަށީގެ ބަލިތަކާއި ،ފިޒިއޮތެރަޕީގެ ޚިދުމަތުގެ އިތުރުން ޑައިލެސިސްގެ ޚިދުމަށްވެސް ހިމެނެއެވެ. އެކިދާއިރާތަކަށް ޚާއްސަ ޑޮކްޓަރުންނާއި، ޢާންމުބަލިތަކުގެ ޑޮކްޓަރުން ޚިދުމަތް ދޭ ހއ.އަތޮޅު ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް ދުއިސްއްތައަށްވުރެގިނަ މީހުން ފަރުވާހޯދުމަށްދެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here