ރޭފަތިހު 5:30 އެހައިކަންހާއިރު މަހަށް ނުކުތް އުމުރުން ދުވަސްވީ މީހަކު ވީގޮތެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ ކ. މާފުށީ ޝޭޑީގްރޯވް އަޙުމަދު އާދަމް މަނިކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ކުރިން ވެސް އެކަނި މިގޮތަށް މަހަށް ގޮސް އުޅޭ މީހެކެވެ.

އެމްއެންޑީއެފްއިން ބުނީ އޭނާ ފެނުނީ ރަންނާޅި ރިސޯޓުގެ އިރުމަތިން ކަމަށެވެ. އަދި އޭނާ މިހާރު ކޯސްޓު ގާޑަށް ނަގައި މާފުށްޓަށް ދަތުރުފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އޭނާ އަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މީހެކެވެ.

އޭނާ މަހަށް ނުކުތީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:08 ގައި ކަމަށެވެ.

މި މީހާއާއި ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ވެލާނާ ލޯންޗާއި ސީ އެމްބިޔުލާންސުން ގެންދަނީ ކަނޑުގެ ސަރަހައްދު ބަލަމުންނެވެ. އޭނާގެ ޚަބަރެއް ވެއްޖެނަމަށް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅައި މަޢުލޫމާތު ދިނުމަށް ވެސް އެމްއެންޑީއެފުން އެދިވަޑައިގެންފައި ވެއެވެ.

އެމީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ހިލަމެއް އަދި ލިބިފައެއް ނުވެއެވެ.