ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހީމް ނަސީމް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފިއެވެ.

ކުރީގައި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރު ނަސީމް ޕީއެންސީއަށް ސޮއި ކުރައްވާ ފޯރމް ހަވާޅު ކުރެއްވީ ޕީއެންސީގެ ޗެއާރޕާރސަން އަބްދުއްރަޙީމް (އަދުރޭ) އާ އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަނީ ނަސީމަށް މަރުހަމާ ވިދާޅު ވެފައެވެ.

ނަސީމް ސޮއި ކުރެއްވި، ޕީއެންސީއަކީ އަންނަ ނުވެންބަރު މަހު 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރާނެ މައި ޕާޓީއެވެ.