މަޝްހޫރު ނެޓްފްލިކްސް ސީރީސް "ފްރެންޑްސް"ގެ ފިލްމީ ތަރި މެތިއު ޕެރީ (54އ) މިދިޔަ ހޮނިހިރު ދުވަހު ނިޔާވެއްޖެއެވެ.

ކަމާބެހޭ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި މެތިއުގެ މަރުވެފައި އޮއްވާފެނުނީ ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހާކަށްހާއިރެވެ. އޭނާ މަރުވި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާ ގޭގައި އެއްވެސް ބާވަތެއްގެ މަސްތުވާތަކެއްޗެއް ނެތް ކަމަށާއި، އެއްވެސް ކަހަލަ މާރާމާރީއެއްގެ ނިޝާނެއް ވެސް އެގެއިން ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވާރނާ ބްރޯސް ޓެލެވިޝަން ގްރޫޕް އިން ވަނީ މެތިއު މަރުވުމާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފައެވެ. "އެހާ ގާތް ރުހަމަތްތެރިއެއް ނިޔާވުމުން އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަ ކުރަން" ވާރނާ ބްރޯސް އިން ލޮސް އެންޖެލޮސް ޓައިމްސް އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

މަޝްހޫރު ފިލްމީތަރި ޖެނިފާރ އެނިސްޓަން ވެސް ވަނީ މެތިއު ނިޔާވުމާއި ގުޅިގެން ޓްވިޓާރ ގައި ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށްފައެވެ. ޖެނިފަރ އަކީވެސް "ފްރެންޑްސް" ގައި މެތިއުއާއި އެއްކޮށް ހަރަކާތް ތެރިވި އެކްޓަރެކެެވެ.