އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަށް މިމަހު މަޖިލީހަށް ހުށަހަޅަނީ

0
2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރުމަށް މި މަހު މަޖިލީހަށް ހުށަހަޅަނީ

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް މިމަހުގެ ފަހު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތުގެ ބޮޑުބައިނިމި ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ބަޖެޓް ތައްޔާރުކުރުމުގެ ކުރިން ދައުލަތުގެ އެކި ވުޒާރާތަކާއި މިނިވަން މުއައްސަސާތަކާއި ބައްދަލުކޮށް، ބަޖެޓްގެ ދަތިކަން އެފަރާތްތަކަށް އޮތް މިންވަރު އޮޅުންފިލުވައި އަންނަ އަހަރަށް ބޭނުންވާ ބަޖެޓާއިގުޅޭ މައުލޫމާތުތައް އޮޅުންފިލުވާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

ޤާނޫނުގައިވާ ގޮތުން ބަޖެޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހުގެ 31 ކަމަށްވާއިރު، މިވަގުތު ކުރިއަށްދަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތަކެވެ.

Advertisements

2020 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުގެ ވުޒާރާތަކުގެ އިންފްރާސްޓްރަކްޗަރއަށް ހައްލުތަކެއް ހޯދުމަށާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. 2020 ވަނަ އަހަރަށް މި ސަރުކާރުން ލަފާކުރާ ބަޖެޓް ޖުމްލަ އަކީ މިދިޔަ އަހަރު ފާސްކުރި ބަޖެޓްގެ 2 ގުނަ އިތުރު އަދަދެއްކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދައުލަތުގެ ބަޖެޓްގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރައްވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ފިނޭންސް މިނިސްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބައްދަލުކުރައްވައި، ބަޖެޓްގައި ހުރި ދަތިތައް އޮޅުންފިލުވާފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުންދާއިރު މިއަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވަނީ 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ފާސްކޮށްފައެވެ.

Advertisements