ހައިކޯޓުގެ ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ޝަކީލް ރިޓަޔާ ކުރައްވަން ޖޭއެސްސީއަށް ހުށަހެޅުއްވިތާ ކުޑަ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް އެ ކޮމިޝަނުން ނުނިންމައެވެ.

ފަނޑިޔާރަކު އަމިއްލައަށް ރިޓަޔަކުރައްވަން ހުށަހެޅުއްވި ނަމަވެސް ރިޓަޔާ ވެވޭނީ ޖޭއެސްސީ އެގޮތަށް ފާސްކޮށްފި ނަމައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖޭއެސްސީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ އިރު އެކަމާއި މެދު ގޮތެއް ނިންމާނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަންވެސް ކުރެއްވެވި ޝަކީލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުއްޓާ އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރިއެވެ. އަދި 2019 ވަނަ އަހަރުގައި އަލުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރިއެވެ.

ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.